1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައިޓް މޫވްމަންޓުގެ ސައިކަލު ބުރު ފަސްކޮށްފި

falas1
ޝަފްޢަތު ، ހުވަދޫ މީޑީއާ
333ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށް "ރައިޓް މޫވްމަންޓް" ގެ ފަރާތުން މިރޭ މާލޭގައި ބާއްވަން ހަމަޖެއްސި ސައިކަލް ބުރާއި އެއްވުން ފަސްކޮށްފިއެވެ.

ރައިޓް މޫވްމަންޓުން އިންތިޒާމު ކުރާ މި ސައިކަލް ބުރު ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:00 ގައި ރަސްފަންނުންނެވެ. ސައިކަލް ބުރު ނިންމާލަން އޮތީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. އަދި އެ ތަނުގައި ހާއްސަ އެއްވުމެއް ބޭއްވުމަށް ވެސް ރޭވިއެވެ.

އެހެންނަމަވެސް، ރައިޓް މޫވްމަންޓުން ބުނީ އެ ހަރަކާތް ފަސް ކުރީ މޫސުން ތަން ނުދޭތީ ކަމަށެވެ.

300 × 250

ރައިޓް މޫވްމަންޓުން ދަނީ އިސްރާއީލް މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލައި މިދިޔަ ހަފުތާގައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޖަމިއްޔާ އާއި އެހެން ޖަމިއްޔާތައް އަދި ކްލަބުތައް ގުޅިގެން ރައިޓް މޫވްމަންޓުން ވަނީ މީގެކުރިން މާލޭގައި ބޮޑު ހިނގާލުމެއް ވެސް ބާއްވައިފައެވެ.

އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް އިސްރާ އެސޯސިއޭޝަނާއި އަދިވެސް އެހެން ދެ ޖަމިއްޔާއަކާ ގުޅިގެން އިއްޔެ ވަރަށް ތަފާތު ހިނގާލުމެއް މާލޭގައި ވަނީ ބާއްވާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި