1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޒީނާޒް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ

zena
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން
ޝަފްޢަތު ، ހުވަދޫ މީޑީއާ
334ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން ކުރިއަށް އޮތް މަޖިލިސް އިންތިހާބު ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައިފިއެވެ.

ޒީނާޒް އަކީ ޖެންޑާ މިނިސްޓްރީގެ ސީއީއޯގެ މަގާމުވެސް ފުރުއްވި އަދި ޕީޕީއެމްގެ ސެނެޓް މެމްބަރު ކަން ވެސް ކުރައްވާ ބޭފުޅެކެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށް އޭނާ ގެންދަވަނީ ޖަމިއްޔާ އެއް ވެސް ހިންގަވަމުންނެވެ.

ޒީނާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަންހެނުން ބާރުވެރިކޮށް ޒުވާނުންނަށް ދުޅަހެޔޮ މުސްތަގްބަލެއް ހޯދައި ދިނުމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

300 × 250

"ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވާ އަންހެނުން ބާރުވެރިކޮށް ޒުވާނުންނަށް ދުޅަހެޔޮ މުސްތަގުބަލެއް ހޯދައި ދިނުމަށް ވަކާލާތު ކުރާނަން. ދާއިރާ އާއި ފުވައްމުލައް ސިޓީގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާނަން. ކެރޭނެ އިންޝާ ﷲ،" ޒީނާޒް ވިދާޅުވިއެވެ.

ފުވައްމުލަކު ދެކުނަށް އުފަން ޒީނާޒް އެ ދާއިރާ އަށް ކުރިމަތިލައްވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން މަޖިލީހުގެ 20 އިންސައްތަ ގޮނޑިއަށް އަންހެނުން ކުރިމަތިލެއްވުމަށް މަސައްކަތް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި