މިދިޔަ ސެޕްޓެމްބަރު ފަހު މަސް ކިލޯއެއްގެ އަގު 25ރ. އަށް ބޮޑުކުރި ނަމަވެސް، އެ އަގު ރިވިއު ކުރަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، މަހުގެ އަގު ރިވިއު ކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އިދާރާތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މާކެޓުގެ އަގު ހުރި ގޮތުން މި ވަގުތު އަގު ހުންނަން ޖެހޭނީ 20ރ. އަށް ވުރެ ވެސް ދަށްކޮށް ކަމަށެވެ. އެހެން ނޫން ނަމަ އެކުންފުނީގެ ހަރަދުތައް ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވާނެ ކަމަށް ވިދާޅުވި އެވެ.
"ހަރަދުތައް ހަމަޖައްސަން ވަރަށް އުނދަގޫވެފައި މި އޮތީ. ބިލްތައް ޕެންޑިންގައި ގިނައީ ވެސް އަގަށް ގެނައި ބަދަލުގެ ސަބަބުން. މާކެޓު ރޭޓަށް ބަލާއިރު 20ރ. އަށް ވުރެ ދަށްކޮށް އަގު ބަހައްޓައިގެން ކުރިއަށް ދެވޭނީ. މިފްކޯގެ އޮޕަރޭޝަން ވަރަށް ބޮޑުކޮށް މިދަނީ،" އޭނާ ވިދާޅުވި އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.