1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގައި ވަގުތީ ގޮތުން ސިޓްރެޒަން ސިރަޕްގެ ބެޗެއް މަނާކޮށްފި

Alergo-Syp-433x433
ޝަފްޢަތު ، ހުވަދޫ މީޑީއާ
819ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަރިދަފުސް ރޯގާ ޖެހުމުން ދިވެހިން އާންމުކޮށް ބޭނުން ކުރާ ބޭހެއް ކަމުގައިވާ ސިޓިރިޒިންގެ ދިޔާ ބާވަތުގެ ބެޗެއް ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުމާއި އެތެރެ ކުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

ކުޑަކުދިންނަށް ހާއްސަކޮށްފައިވާ އެ ބޭސް ވަގުތީ ގޮތުން މަނާކުރިކަން އެ އިދާރާ އިން އިއުލާންކުރީ ހެދި ޓެސްޓުތަކަކަށް ފަހު މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެމްއެފްޑީއޭ އިން އެގޮތަށް ނިންމީ، ބަޔާނުގައިވާ ގޮތުން، އެ ބޭހުގެ ބެޗެއްގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއެތިލީން ގްލައިކޯލް (ޑީއީޖީ) އަދި އެތިލީން ގްލައިކޯލް (އީޖީ) އެކުލެވިގެންވާ ކަމަށް، ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާތީ އެވެ.

300 × 250

ބަޔާނުގައި ބުނިގޮތުގައި:

  • އޮކްޓޯބަރު 2022 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ، ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުން ކުރާ ދިޔާ ބޭހުގައި އެ ދެ ކެމިކަލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ނެރެފައިވާ އެލާޓާ ގުޅިގެން ރާއްޖެއިން ވެސް ރެންޑަމްކޮށް ބާޒާރުން ސާމަލް ނަގައި ސްކްރީންކުރުމުގެ މަސައްކަތް ފެށި
  • އެ ކެމިކަލް ދެނެގަތުމަށް ކުރަން ޖެހޭ ކޮންފަމޭޓިވް ޓެސްޓް ރާއްޖޭގައި ހެދޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައިނުވާތީ، ޑީއީޖީ އަދި އީޖީ ހުރިކަން ފާހަގަ ކުރެވޭ ސާމްޕަލްތައް ޓެސްޓު ކުރަނީ ރާއްޖެ އިން ބޭރުގެ ލެބޯރެޓަރީއަކަށް ފޮނުވައިގެން

"މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރި އިރު ތިރީގައި މި ދަންނަވާ ބްރޭންޑްގެ މި ބެޗުގައި އީޖީ/ޑީއީޖީ ހުރިކަން ވަނީ ކަށަވަރުވެފައެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކެމިކަލް މާއްދާ ހުރި ބެޗްގެ ތަފްސީލު

އެހެންވެ އެމްއެފްޑީއޭ އިން ނިންމާފައިވަނީ އެ ބްރޭންޑުގެ އިތުރު ތަހުލީލުތައް ހެދުމަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވުމަށެވެ.

"މި ޓެސްޓުގެ ނަތީޖާ ލިބި، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި