ރުތަ ޕްރޮގްރާމުގެ ސްކޮލަރޝިޕް ތިނަދޫ ސިޓީގެ އިބްރާހިމް ނާހިލް އަށް ލިބިއްޖެއެވެ. މިއަދު ޔޫތު މިނިސްޓަރީ ގައި އޮތް ރަސްމިއްޔާތެއްގައި ނާހިލް އާއި ސްކޮލަތޝިޕް ލިޔުން ޙަވާލު ކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފް އެވެ. ގދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަދި ރައުހަތު ސްޕޯޓްސް ގައި ޓްރޭނިންގ ހަދަމުންދާ ނާހިލް އަކީ ޤައުމީ ފެންވަރު ރާއްޖެ ތަމްސީލު ކުރަމުން އަންނަ ކުއްޖެކެވެ.

Arutha program Scholarship Gdh Thinadhoo White chalk, Ibrahim Naahil ah. Congratulations ???? ???? ???????? Thinadhoo City Council G.Dh. Atoll Education Centre Posted by Rauhath Qudhrathulla on Tuesday, November 7, 2023

އަރުތަ ޕްރޮގްރާމަކީ އެކި ކުޅިވަރުތަކުގެ ރާއްޖޭގެ ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުންމީދީ ގިނަ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.