1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިޕީޔޫގެ ހިއުމަން ރައިޓްސްގެ ޗެއާކަން ޖީހާންއަށް

Jeehaan-1140x570
ޝަފްޢަތު ، ހުވަދޫ މީޑީއާ
289ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޓަރ ޕާލަމެންޓްރީ ޔޫނިއަންގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރަކަށް މެންބަރު ޖީހާން މަހްމޫދު އިންތިޚާބުކޮށްފިއެވެ.

އެ ކޮމިޓީއަކީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް މިހާރު ކުރިމަތިވެފައިވާ އަދި ތަރައްގީވަމުން އަންނަ ގޮންޖެހުންތައް  ދިރާސާ ކުރާ ކޮމިޓީއެކެވެ. ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކާބެހޭ ކޮމިޓީން މަސައްކަތްކުރަނީ ޑިމޮކްރަސީ ކުރިއަރުވައި، މުޅި މުޖުތަމަޢުގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށެވެ.

ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މިކަމަށް މަޖިލީހުން ފިޔަވަޅު އެޅުމަށް ހުށަހަޅަނީ އަހަރަކު އެއް ފަހަރު އެ ޖަމިއްޔާއިން ކަނޑައަޅާ ސިޔާސީ ގަރާރުތައް މެދުވެރިކޮށް، އަދި މުޅި އައިޕީޔޫގެ މެމްބަރުކަމުން ފާސްކުރާ ގަރާރުތައް މެދުވެރިކޮށެވެ.

300 × 250

ސިޔާސީ ހަޔާތުގައި ޒުވާނުން ބައިވެރިވުމާއި ހިމާޔަތްކުރުމާއި އަންހެނުންނާއި އަލަށް އުފަންވާ ކުދިންނާއި ކުޑަކުދިންނަށް  ހައްގު ލިބުން ފަދަ މިކަންކަމާއި އެހެނިހެން ކަންކަމާ ބެހޭ ގޮތުން މި ކޮމިޓީން މަޝްވަރާކުރާނެއެވެ. ގިނަ ކަންކަމުގައި އެ ޖަމިއްޔާގެ ގަރާރުތައް ތަރައްގީވެފައި ވަނީ ބައިނަލްއަގުވާމީ، ސަރަހައްދީ އަދި ގައުމީ ފެންވަރުގައި ފުޅާ ދާއިރާއެއްގައި އައިޕީޔޫ ޕްރޮގްރާމުގެ މަސައްކަތްތަކަށެވެ.

އެއީ ދާއިމީ ހަތަރު ކޮމެޓީގެ ތެރެއިން އެއް ކޮމެޓީއެވެ. ކޮންމެ ކޮމެޓީއެއްގެ މަސައްކަތްތައް ހިންގަނީ 18 މެމްބަރުންގެ މައްޗަށް އެކުލެވޭ ބިއުރޯއަކުންނެވެ. އެ ބިއުރޯގައި ކޮންމެ ޖިއޮޕޮލިޓިކަލް ގްރޫޕަކަށް ތިން މަންދޫބުން ތިބޭނެއެވެ. އެ ބިއުރޯއިން ކޮންމެ ސެޝަނެއްގެ އެޖެންޑާ ކަނޑައެޅުމަށް އެހީތެރިވެދީ، ކޮމިޓީއަށް ވޯކް ޕްރޮގްރާމެއް ހުށަހަޅައެވެ.

މަޖިލީހުން ވަނީ ޖީހާން މި މަގާމަށް އިންތިހާބުވުމުން މަރުހަބާ ވިދާޅުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި