1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޮޒެއިނާ ނަޝީދަށް: ހުވާކުރުމުގެ ކަންކަން ނަޝީދު ރިޔާސަތުގައި ނެތިއްޔާ ދާނީ ރަނގަޅަށް

i8888
ޝަފްޢަތު ، ހުވަދޫ މީޑީއާ
379ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ނެތިއްޔާ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހުވާ ކުރެއްވުމުގެ ކަންކަން ކުރިއަށް ދާނީ ރީތިކޮށް ކަމަށް މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ނުނިމި އޮތަސް އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރުމަށް ހުރަހެއް ނެތް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެއާއެކު، ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރޭވުން ފެއިލްވި ކަމަށްޓަކައި ހަމްދު ކުރާ ކަމަށެވެ.

"އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުން ދިޔަ ރޭވުން ފެއިލްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރަން. ހުވާ ކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް." ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކީގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

300 × 250

ނަޝީދުގެ އެ ޕޯސްޓަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ އިތުބާރު ނެތް ރައީސަކު ރިޔާސަތުގައި ނެތިއްޔާ ހުވާ ކުރުމުގެ ކަންކަން ދާނީ ރީތިކޮށް ކަމަށެވެ. އިތުބާރު ނެތް ރައީސެއްގެ ރިޔާސަތު ބައިންދައިގެން ރީތިކޮށް ކަންކަން ގެންދަން ސުޕްރީމް ކޯޓްގެ ހުކުމުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވޯޓަށް ފިލައިގެން ކިހާ ދުވަހަކު އުޅޭނަމޭ ހިތާތޯ ތި އުޅުއްވަނީ،؟" ރޮޒައިނާ ސުވާލު ކުރެއްވެވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނެތަސް، މަޖިލީހުގެ ރައީސް ވަކިކުރުމާ ގުޅޭ ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ އެޖެންޑާކޮށްފައެވެ.

އާދިއްތަ ދުވަހުގެ އެޖެންޑާ މަޖިލިހުގެ އިދާރާ އިން ނެރުނު އިރު، އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ވެސް ނަޝީދާ ދެކޮޅަށް ހުށަހެޅި ގަރާރުގެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ. ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި އެމްޑީޕީ މަޖިލިހަށް މައްސަލަ ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންވެ، މަޖިލީހުން ނަޝީދު ވަކި ކުރުމުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި