1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

މިއީ ކުންފުނިތައް ހިންގަން އެންމެ ގިނަ އަންހެނުން އައްޔަށްކުރަނެ ފަހަރު: ޑރ މުއިއްޒު

mui89
ޑރ މުއިއްޒު ޓީވީއެމްގެ ޕްރޮގްރާމްގައި ވާހަކަދައްވަނީ....
ޝަފްޢަތު ، ހުވަދޫ މީޑީއާ
945ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެގެންދާނީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް އެންމެ ގިނަ އަންހެނުންނަށް ފުރުސަތު ދެވިގެންދާ ސަރުކާރަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެބިނެޓާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރާއިރު، ވަރަށް ގިނަ ކަންތައްތަކަށް ވިސްނާވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށް ހީވާގިކަމާއެކު މަސައްކަތްޕުޅު ކުރައްވާނެ އިލްމީ ޤާބިލު ޓީމެއް އެކުލަވާލުމަށް އެމަނިކުފާނު އިސްކަން ދެއްވާކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

300 × 250

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވާ އަންހެނުން އިސް ސަފަށް ގެނައުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

އެގޮތުން އެމަނިކުފާނުގެ ސަރުކާރުގައި، ސަރުކާރުގެ ކުންފުނިތައް ހިންގުމަށް މީގެ ކުރިން އަންހެނުން އައްޔަންކޮށްފައި ނުވާ މިންވަރަށް އައްޔަން ކުރެވިފައިވާ ކަމަށާއި، ކެބިނެޓާއި، ކުންފުނިތަކުގެ އިސް މަގާމުތައް އެއްކޮށްލާއިރު، މިއީ އެންމެ ގިނަ އަންހެނުން ސަރުކާރުގެ ޓޮޕް މެނޭޖުމަންޓަށް އައްޔަށްކުރެވޭނެ ސަރުކާރު ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު މިފަހަރު މި އެކުލަވާލާ ޓީމުގައި ސަރުކާރުގެ 6 ކުންފުންޏެއް މެނޭޖުކުރާނީ ކަމަށް ޤާބިލް، ހިންގުންތެރި އަންހެން ބޭފުޅުން. ކެބިނެޓު ވެސް އަންހެން ބޭފުޅުން ހިމެނޭނެ.. ސަރުކާރު ކެބިނެޓާއި ކުންފުނިތަކާއި އެއްކޮށްލާއިރު މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭޖުމަންޓަށް އަންނާނެ"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަށްކުރުމުގައި އެ ދާއިރާއަކުން ކިޔަވާވިދާޅުވެގެން ހުރި، އެ ދާއިރާގެ ތަޖުރިބާ ހުރި ފަރާތްތައް އައްޔަށްކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާނީ އިންތިޚާބީ ރައީސްގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްޕުޅު ކުރައްވަން ކެރޭ، އެމަނިކުފާނަށް ފަހުބަސް ވިދާޅުވެވޭ ބޭފުޅުންކަމަށް ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ދިވެހީންގެ ރާއްޖެ

    ކެންޕޭނުގަ ބުނިއެއްވެސްކަމެއް ހަދާނެތް އަދި މިއުޅެނީ ހުވާނުކުރެވިގެން ޓިނުވަގު އަދުރޭ ދަރިންނައް ދަބިދަރިންނަ ދީފަ ބާކީވާނެބާ މަގާމްތައް.... އިންޑިޔާ އައުޓާ ޔާމީން ވިއްކާގެން ވެރިކަން ހޯދީ މިހާރު އެއްވެސް ކަމެއް ހަދާނެތްނެއް ދޯ

ގުޅުންހުރި