1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖުމްހޫރީދުވަހުގެ ތަހުނިޔާއާއެކު މޯދީ ދެއްވީ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން

Raees-Salih-and-Modi
މޯދީއާއި ރައީސް ސާލިހު....ފޮޓޯ: އާފަތިސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
261ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެ އާއި އިންޑިއާ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ފޮނުވި މެސެޖެއްގައި މޯދީ މިހެން ވިދާޅުވެފައި މިވަނީ، އަންނަން އޮތް ސަރުކާރަށް އިންޑިއާއިން އެއްބާރުލުން ނުދީފާނެ ކަމުގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް އޮތް ދަނޑިވަޅެއްގަ އެވެ.

އެގޮތުން މޯދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށާއި، ސަރަހައްދީ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު ކަމުގައިވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" (އެސްއޭޖީއޭއާރް) ގާއިމްކޮށްދިނުމުގައި އިސްދައުރެއް އަދާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

300 × 250

ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމާ އެކީ، މޯޑީ ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިިއަރާނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަންނަން އޮތް ސަރުކާރަށް އިންޑިއާ ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާ ސިފައިން ބޭލުމުގެ ކަންކަމުގައި އިސްކުރާނީ މަޝްވަރާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރުގެ ފުރިހަަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި