މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެން ދިޔަ ގއ ގެމަނަފުށީ އޯކިޑް 707 ދޯނި، ދެ ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ގއ. ގެމަނަފުށްޓަށް ގެންދާ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިއަދު މެންދުރެއްހާ އިރު އައްޑޫ ސިޓީގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 25 ނޯޓިކަލް މޭލު ބޭރުން ކަނޑުގަދަވެގެން ބިންދައިގެން ދިޔަ ދޯނި ފެންމަތީގައި އޮތުމުން ކަފުޖަހައިގެން މިހާރު އެ ދޯނި ގެމަނަފުށްޓަށް ގެންދާ ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

geman1ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފުން ހާމަކުރިގޮތުގައި އޯކިޑް ދޯނި ކަފުޖަހައިގެން ގެންދަނީ ގެމަނަފުށީ "މަރުހަބާ" ދޯންޏާއި "އުފާ" ދޯނީގެ އެހީގައެވެ.

މިހާދިސާ ހިނގިއިރު ދޯނީގައި ތިބި ދިހަ ދިވެހިންނާއި ތޭރަ ބިދޭސީންގެ ވެސް ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.