ދިވެހި ޖުމްހޫރިއްޔާގެ 08 ވަނަ ރައީީސް ގެ ގޮތުގައި އަންނަ ހުކުރު ދުވަހު ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ރާއްޖޭގެ ހުރިހާ ނޫސްވެރިނަށް ފުރުސަތު ހުޅުވާލައިގެން ބައްދަލު ކުރައްވާނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮންމެ މީޑިއާއެއްގައި މަސައްކަތް ކުރާ އެންމެހައި ނޫސްވެރިންނަށް ވެސް ބައިވެރިވެވޭނެއެވެ. މި ބައްދަލުވުން އޮންނާނީ މިރޭ، 8:30ގައި ސޯޝަލް ސެންޓަރުގައެވެ.
ރިޔާސީ އިންތިޚާބު ބޮޑު އަޤުލަބިއްޔަތަކުން ކާމިޔާބު ކުރެއްވީ ޑރ މުއިއްޒު ވަނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވައި، މީޑިއާތަކަށް ދައުލަތުން ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ކުރައްވާނީ ދެ ފުށް ފެންނަ، ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ވެސް ރިޔާސީ ކެމްޕެއިން ތެރޭގައި ވިދާޅުވަމުން ގެންދެވިއެވެ. ޑރ.މުޢިއްޒު އަކީ ނޫޫސްވެރިންނާއި އަބަދުވެސް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.
އެންމެ ގިނަ ނޫސްވެރިންނާ އެއްތަނަކުން އެވެ ރާއްޖޭގެ ރައީސަކު ބައްދަލު ކުރައްވާ މި ބައްދަލުވުމުގައި ހުވަދޫ މީޑިއާގެ ނޫސްވެރިން ވެސް ބައިވެރިވެވޭނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.