1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީވާ ވެސް މަގާމުން އިސްތިއުފާ ދެއްވައިފި

ev0
ޝަފްޢަތު ، ހުވަދޫ މީޑީއާ
618ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރައީީސްގެ މަގާމުން އިސްތިއުފާ ދެއްވިތާ ހަމައިރުކޮޅެއް ތެރޭ މަޖިލިހުގެ ނައިބުރައީސް އީވާ އަބްދުﷲ ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އީވާ މަޖިލިސް ނައިބުރައީސް ކަމުން އިސްތިއުފާ ދިން މިދަނޑިވަޅަކީ ނަޝީދުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް އީވާއަށް ރިޔާސަތު ހިސާރުކޮށްގެން ނީދެވޭނެކަމަށް ވިދާޅުވެ، މަޖިލިސް ރިޔާސަތު ދޫކޮށް ދިއުމަށް މާމިމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް މަޖިލިހުގެ ނާއިިބު ރައީސް އީވާއަށް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ހެނދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ނޯކޮންފިޑެންސް މައްސަލަ ހުށަހެޅުމަށް ފުރުސަތު ނުދީ ވަކި ޕާޓީއެއްގެ ބަޔަކު މަޖިލިހުގެ މަސްލަހަތު ނަގާލުމުގެ ފުރުސަތު ނޯންނާނެ ކަމުގައެވެ. އަދި ގާސިމް ވިދާޅުވީ އެ މައްސަލައަކީ އީވާއާއި މަސްލަހަތު ފުށުއަރާ ކަމެއް ކަމަށާއި، އީވާއަށް މަޖިލިހުގެ ރިޔާސަތުގައި ނީދެވޭނެ ކަމަށެވެ.

300 × 250

"މިއީ ކަމަނާއަށް މަސްލަހަތު ފުށުއަރާ ކަމެއް މިއީ، ކަމަނާ ތި ތަނުން ފައިބައިވަޑަންނަވާ،" ގާސިމް ވިދާޅުވިއެވެ. ކަންތައް މިހިސާބަށް ގޮސްފައި ވަނިކޮށް އަދި ނަޝޯދުގެ މައްސަލަ ހަވީރަށް އެޖެންޑާ ކޮށްފައި، އީވާގެ މައްސަލައިގެ ސޮއި ހަމަވެ މައްސަލަ ހުށަހަޅާފައިވަނިކޮށް އިވިގެން މިދިޔައީ ދެބޭފުޅުންވެސް އިސްތިއުފާ ދެއްވި ހަބަރެވެ.

މަޖިލިސް ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވައި މަޖިލީހުގައި ބޭއްވި ޖަލްސާއަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ޖަލްސާ ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، ރިޔާސަތުގައި އިންނެވި، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު(މަވޯޓާ) ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވައިފައި ވުމުން، މި މައްސަލަ ދެން އިތުރަށް ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި