މާބަނޑު ބުޅަލަކަށް ވަޅީން ހަމަލާދީ މަރާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މީހަކު ވަޅިއަކުން ބަނޑުބޮޑު ބުޅަލަކަށް އެއްވެސް ސަބަބެއް ނެތި އަނިޔާކޮށް މަރާލާ މަންޒަރު ވީޑިޔޯއެއް ސޯޝަލްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ.
ވީޑިއޯ އިން ފެންނަނީ އަމީރުއަހްމަދު މަގުގައި ހުންނަ ފިހާރައެއް ކައިރީ ޕޭވްމަންޓް މަތީގައި މާބަނޑުބުޅަލެއް ކާން އޮއްވައި އެ މީހާ އެތަނަށް އައިސް ކުޑަ ވަޅިއެއް ނަގާ ކުއްލިއަކަށް އެ ބުޅަލަށް ހަމަލާ ދޭ މަންޒަރެވެ. ސޯޝަލް މީޑީއާގައި މިހާރު އެ ހާދިސާގެ ވިޑިއޯ ދައުރުވަމުން އެބަދެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ އެ ބުޅަލުގެ ބަނޑަށް ވަޅިއެއް ހަރާލުމުން ބުޅާ އެތަނުން ދުއްވައިގަނެއެވެ. އެއަށްފަހު، ވަޅިން ލޭތައް ފޮހެލުމަށް އޭނާ އިރުކޮޅަކު މަޑުކޮށްލައެވެ.








ޚިޔާލު (1)
ތިމީހާއަކީ މުޖުތަމައުއަށް ހުރި ނުރައްކަލެއް މިއަދު ބުޅަލެއް މާދަމާ؟؟؟