1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓެގް އަޅުވާފައި ދޫކޮށްލަން ލަމްހާ އެދެފި

lamk
ޝަފްޢަތު ، ހުވަދޫ މީޑީއާ
499ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި، ހަލީމަތު ލަމްހާގެ ބަންދާ މެދު ދެން އޮންނަ ޝަރީއަތުގައި ގޮތެއް ނިންމާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މިއަދު އޮތް އަޑު އެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކޯޓުގައިވަނީ އެދިފައެވެ. މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރެއެވެ. މިތިން މީހުންނަކީވެސް އައިޖީއެމްއެޗުގެ ސްޓާފުންނެވެ.

އެ މައްސަލާގައި އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

300 × 250

ލަމްހާގެ ބަންދަށް ލުޔެއް ދިނުމަށް އެދުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ. ލަމްހާގެ ވަކީލް ވިދާޅުވީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވީ މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ވަކީލް އެދިވަޑައިގަތީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ބުނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.

އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޒާހިރު

    އަޅުގަންޑުގެހިތައްއަރަނީ)ކީރިތިގުރުވާނުއްނާއިހަދީސްތަކުއް.އެގެއް އޮތީތޯއޭ)އެއްވެސްކުށެޢްނުކޮއް.އެއްވެސްހައްގެޢނެތިއިއްސާނާމަރާމީހުއްސަލާމައްކުރުމައްޓަކާމަސަކައްކުރައް)މިކައްމިގޮތައްދާނަމަ މިމުޖުތަމާގަމީހުއްމެރުއް)).ޞާރިދޯޅުމިނިކާވަގުފަދާންލޭއޮހޮރުއް ވެގެއްދާނެ).މިފަދަގާތިލުއްސަލާމައްކުރައްއުޅޭވަކީލުއްނައްމާރަސްކަލާގެކޮއްފަދައަޒާބެއްތޯނުވަތަކޮއްފަސިފާއެ‘އްތޯއިރާދަކުރައްވާނީ އިއްސާﷲ).ސުކުރިއްޔާ

ގުޅުންހުރި