ހަމާސްއާއި ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ހޯދައި ދިފާއު ވުމަށްޓަކައި ހަތިޔާރު އަޅަން ޖެހޭ ކަމަށާއި އަދި އެކަމަށް ދެކުނު އެފްރިކާއިން ހިތްވަރު ދޭން ޖެހޭ ކަމަށް ދެކުނު އެފްރިކާގެ ސިޔާސީ އެކްޓިވިސްޓް އަދި ނެލްސަން މަންޑޭލާގެ މުނިކާފަ ދަރިކަލުން މައީބުޔޭ މަންޑޭލާ ވިދާޅުވެއްޖެއެވެ.
އޭނާ ވަނީ ދެކުނު އެފްރިކާގައި ނަސްލީ ތަފާތުކުރުމުގެ އަނދިރި ދުވަސްތަކުގައި ނެލްސަން މަޑޭލާއާއެކު އެއްބައިވަންތަކަމާއެކު ތެދުވި ފަލަސްތީނުގެ ރައްޔިތުންނަށް ނެލްސަން މަންޑޭލާ އަބަދުވެސް ޝުކުރު އަދާކުރެއްވާކަން ފާހަގަ ކުރައްވާފައެވެ.
އަންގާރަ ދުވަހު ދެއްވި ހާއްސަ އިންޓަވިއުއެއްގައި މަޔިބުޔޭ ވިދާޅުވީ އިޒްރޭލަށް ބޭނުންވާ ކޮންމެ ކަމެއް ވެސް ނުހައްގުން، ހަމައެއްލަމައެއް ނެތި ކުރަމުންދާތަން ފެންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެމެރިކާ އަބަދުވެސް ތިބެނީ ތާރީޚުގެ އަނދިރިފަރާތުގައި ކަމަށެވެ. އިޒްރޭލާއި ހަމާސްގެ ހަނގުރާމަ އެފްރިކާގައި ހިނގި ނަސްލީ ތަފާތުކުރުންތަކާ އެއްވަރުކުރައްވައި އޭނާ ވިދާޅުވީ ނެލްސަން މަންޑޭލާ ހައްޔަރުކުރަން އެމެރިކާއިން ސީއައިއޭގެ އެޖެންޓުން ފޮނުވި ކަމަށާއި ބައިނަލްއަގްވާމީ ބާރުތަކުން އެކަން ހިނގަމުންދާ ގޮތް ސްޕޮންސާކުރި ކަމަށެވެ. އަދި ފަލަސްތީނުގައި މިހާރުވެސް ހިނގަމުންދަނީ އެފަދަ އަމަލްތަކެއްކަން ފާހަގަ ކުރެއްވިއެވެ.
ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު ތައް އަޅާފައެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް ސުލްހަ އަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިޒްރޭލުގެ އެމްބަސީތައް ނައްތާލަން ޖެހޭ . އިސްރާއީލުމީހުން އަންނަ ނަމަ އަލަމާރިތަކުގައި ހުރި ކާއެއްޗެހި ނައްތާލަން ޖެހޭ. އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހޭ" މަންޑޭލާ ވިދާޅުވިއެވެ.
ޚިޔާލު (1)
ސާބަހޭ މަންޑޭލާ ހިތައް އަރާ މިތިބަ އަރަބިން ހާދަޙާ ނުލަފައޭ