1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ. މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ބައިޑަންގެ ހާއްސަ ވަފުދެއް

da
ބައިޑަން އޭނާގެ ހާއްސަ ޓީމާއެކު
ޝަފްޢަތު ، ހުވަދޫ މީޑީއާ
871ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނެފައިވާ ގޮތުގައި އެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި، ސްޕެޝަލް އެސިސްޓެންޓް ޓު ދި ޕްރެޒިޑެންޓް އެންޑް ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ، ނެޝަނަލް ސެކިއުރިޓީ، ސާރާ ލެޑިސްލޯއެވެ.

މިވަފްދުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަަވާއެވެ.

300 × 250

ރާއްޖެއާއި ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގިނަ ގައުމުތަކުން ދަނީ އެގައުމުތަކުގެ ވެރީންގެ ފަރާތުން ޚާއްސަ މަންދޫބުން މި ރަސްމިއްޔާތައް ފޮނުއްވަމުންނެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ޗައިނާއިން އެ ގައުމުގެ ރައީސް ޝީޖިން ޕިންގެ ފަރާތުން ފޮނުއްވަނީ ރައީސްގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ. އެންމެ އަވަށްޓެރި އިންޑިއާގެ ފަރާތުން ބައިވެރިވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސައިންސް މިނިސްޓަރ ކިރަން ރިޖުޖު ކަން އެނގިއްޖެއެވެ.

ޑރ. މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު، ޖުމުހޫރީ މައިދާނުގައި، ހަވީރު 4:45 ގައެވެ.

300 × 250

ޚިޔާލު (2)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ރައްޔިތުމީހާ

    އަމަޔަށް ދައުވަތު ދީބަލަ....

  • ރައްޔިތުމީހާ

    ނަތަންޔާހު އަށް ދައުވަތު ދީ ދެން....

ގުޅުންހުރި