1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ހާމަކުރުމާއެކު ލިސްޓު އާންމުކޮށްފި

efo
ގެދޮރުވެރިޔާ ފްލެޓްތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
537ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކުގެ ކުލި ކަނޑައަޅާ މިއަދު އިއުލާންކޮށްފި އެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިރޭ އިއުލާން ކުރިއިރު އެ އިއުލާނުގައި ވަނީ އެ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވާ އަދަދުތައް ވެސް އާާންމުކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީން އެ އިއުލާނުގައި ހާމަކޮށްފައިވާ ގޮތުފގައު 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރުފިޔާ ކަމަށްވާއިރު، މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރުފިޔާއާ އެކު ކުއްޔަކީ ޖުމްލަ 8،000 ރުފިޔާއެވެ.

300 × 250

2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރުފިޔާ ކަނޑައަޅާފަވާއިރު މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރުފިޔާ އާއެކު ޖުމްލަ މަހުކުއްޔަކީ 6،000 ރުފިޔާއެވެ.

މިނިސްޓްރީން ބުނީ ކުލި ދައްކަން ފަށަން ޖެހޭނީ ފްލެޓް ހަވާލުކުރާ ތާރީހުން ފެށިގެން 3 މަސް ދުވަހަށް ފަހު ކަމަށެވެ. އަދި ފްލެޓުގެ ޖުމްލަ އަގު ދައްކަން ދޭ މުއްދަތު ނުވަތަ ކުލި ދައްކާ ހަލާސްކޮށް ނިމޭ މުއްދަތު 25 އަހަރު ދުވަހަށް ބަހާލަން ނިންމާފައިވާ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

ސަރުކާރުން މީގެކުރިން ބުނެފައިވާގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން އަޅަމުންދާ މި ހުރިހާ ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ 2025ގަ އެވެ. ނަމަވެސް މި ސަރުކާރުން ރާވާފައި ވަނީ ޓަވަރުތަކުގެ މަސައްކަތް ނިމެމުން ދާ ވަރަކަށް މީހުން އެ ތަންތަނަށް ވެއްދުމަށެވެ. އެގޮތުން އަންނަ އަހަރުގެ ކުރީކޮޅު ހަތަރު ޓަވަރެއްގެ މަސައްކަތް ނިންމާ މީހުންނާ ހަވާލުކުރެވޭނޭ ކަަމަށް ވަނީ ލަފާކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި