1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑރ މުއިއްޒުގެ ފުރަތަމަ100ދުވަސް: ދަރިމައިވުމުގެ ފަރުވާއަށް އާސަންދަ ހަމަޖެހޭނެ

i89
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,716ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިރޭ އިފްތިތާހް ކޮށްފައިވާއިރު އޭގައި ބުނެފައިވަނީ އެ ސަރުކާރުގެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި "އައިވީއެފް ޓްރީޓްމަންޓް" ހިމެނޭހެން ދަރިމައިވުމާގުޅޭ ފަރުވާގެ ޚިދުމަތްތައް، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

އޭގެ އިތުރުން "އެންޑޮމެޓްރިއޯސިސް" އަދި "ޕީސީއޯއެސް" ފަދަ އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ޚާއްސަ ފަރުވާ، އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ. އެކަން ފުރަތަމަ ނުވަ ހަފުތާގެ ތެރޭގައި ކުރުމަށް ވަނީ ނިންމައިފައެވެ.

300 × 250

މިހާރު އެ ފަރުވާތައް އާސަންދައަކުން ނުލިބެއެވެ. ދަރިމައިވުމަށް ހޯދާ ފަރުވާއަކީ ވަރަށް ހަރަދު ބޮޑު ފަރުވާއެކެވެ.

ހަމައެހެންމެ ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށް ދިނުން ވެސް ޕްލޭންގައި ހިމެނެއެވެ.

ސިއްހީ އެހެން ކަންކަމަށް ބަލާއިރު ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެއާ އެމްބިއުލާންސް ތައާރަފު ކުރުމުގެ މަސައްކަތް ފެށުން ވެސް ހިމެނެއެވެ. ހަމައެހެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖެއިން ލިބޭ ޑޮކްޓަރީ ބޭހަކީ ފެންވަރު ރަނގަޅު ބޭސް ކަމުގައި ހެދުމަށް ސިޔާސަތެއް ކަނޑައެޅުން ހިމެނެއެވެ.

ފުރަތަމަ ހަތަރު ހަފުތާގެ ތެރޭގައި ކޮންމެ ދިވެއްސަކަށް އަހަރަކު ދެ ފަހަރު އާސަންދައިން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ލިބޭ ހެލްޕް ލައިނެއް ހަދަން ވެސް ވަނީ ނިންމައިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި