1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖާބިރު އިދު ތަކުބީރަށްހަޖޫ ޖެހުމުން އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފި

jabir
ޖާބިރު މަޖިލިސް އިދާރާގެ ދޮރާށި ކުރިމަތީގައި އިހްތިޖާޖުގައި އިންނެވި ފޮޓޯއެއް
ހުވަދޫ ނިއުސް ޓީމް
462ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރު އީދު ތަކުބީރަށް ހަޖޫ ޖެހުމުން، ގިނަ ދީނީ ޢިލްމުވެރިންތަކެއް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބޭރުޤައުމެއްގެ ރެސްޓޯރަންޓެއް ހުންނަވައިގެން ޖާބުރު ނައްޓަވާ މަންޒަރު ފެންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިޔާގައި ވަނީ ވަރަލް ވެފައެވެ. މިވީޑިއޯ އިން ފެންނަ މަންޒަރާއި ގުޅުވައިގެން، ޖާބިރު ހުންނެވީ ހަމަހެއިގައިކަމާމެދު ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި ވައިރަލް ވެފައިވާ ވީޑިޔޯއަށް ގިނަ ފަރާތްތަކެއް ކޮމެންޓް ކޮށްފައިވާގޮތުން، ޖާބިރު ހުންނެވީ ހަމަހެއިގައި ނޫންކަމަށެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ، ޖާބިރުގެ އަޑާއި އެއްވައްތަރު އޯޑިއޯއެއްގައި ޖާބިރު ވަނީ އީދު ތަކުބީރަށް ބައެއް އިތުރުކޮށް ނުބައިކޮށް ކިޔައި ތަކްބީރަށް ވެސް ޖޯކުޖަހާފައެވެ. އަދި މާތްﷲ ގެ އިސްމުފުޅަށް ވެސް ޖާބިރު ވަނީ ފުރައްސާރަކޮށްފައެވެ.

300 × 250

ޖާބިރުގެ މިއަމަލާއާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާތް ﷲ އިސްމުފުޅު އެގޮތަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ޝަހީމް ޖާބިރަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ޖާބިރު ކިޔާ އެއްވެސް އެއްޗެއް ހަމަ ނުޖެހޭ ކަމަށާއި، އެއީ ވަރަށް ބޮޑު ނުބައެއް ކަމަށެވެ. އަދި ޖާބިރުގެ އެ އަމަަލަކީ ތަކުބީރަށް ޖޯކުޖެހުން ކަމަށް އިޔާޒް ސިފަކުރައްވައެވެ. ޑރ. އިޔާޒް ވިދާޅުވެފައިވާގޮތުގައި، މަޖިލީހުގެ މެމްބަރަކަށް ހުރެ އެފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ދެރަވަރުގެ ކަމެއް ކަމަށެވެ. ޖާބިރުގެ މިއަމަލާއި ގުޅިގެން މިފަދަ އަަމަލުތަށް ހުއްޓުވުމަށް މަޖިލީހުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭނެކަމަށް ދީނީ އިލްމްވެރިޔާ އައްޝައިހު އަލީ ޒައިދު ވިދާޅުވެއެވެ. މީގެ އިތުރުން، ޖާބިރުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ހައިބަތާއި ގަދަރު ގެއްލި އާންމުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީސް ޖޯކެއްގެ ގޮތުގައި ސިފަވާން ފަށާފައިވާ ކަމަށް ޒައިދު ވިދާޅުވިއެވެެ.

ޖާބިރުގެ މިއަމަލާއި ގުޅިގެން ތަފާތު ދީނީ ޢިލްމުވެރިން، ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، އަދި މިހާތަނަށް ޖާބިރުގެ ފަރާތުން ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ އަދި އޯޑިއޯ އާއި ގުޅިގެން ވަކި ޖަވާބެއް ދެއްވާފައި ނުވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި