ސްރީލަންކާއަށް މިހާތަނަށް ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާގެ ޒިންމާ އުފުލަން ޖެހޭ ކުރީގެ 13 ލީޑަރުންގެ ތެރޭގައި ކުރީގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އާއި އޭނާގެ ކޮއްކޮ މަހިންދަ ހިމެނިވަޑައިގަންނަވާ ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.
އެ ހުކުމްގައިވާ ގޮތުން ސްރީ ލަންކާ އަށް ދިމާވި މާލީ ދަތިކަން ދިމާވެފައިވަނީ އެމީހުންގެ އަމަލުތައް ބެހެއްޓި ގޮތުންނާއި، އަޚްލާގާއި، ބެލުންތެރިކަން ކުޑަކަމުގެ ސަބަބުންކަމަށް ހުކުމްގައި ވަނީ ބުނެފައެވެ.
2022 ވަނަ އަހަރު އެގައުމުގެ އިންފްލޭޝަން މައްޗަށް ދިޔައީ ބޭރުން މުދާގަންނަން ހުރި ފައިސާ ހުސްވެ ތެލާއި ބޭހާއި ކާބޯތަކެއްޗަށް ޖެހިގެންނެވެ.
މި މައްސަލައިގެ ނަތީޖާއަކަށްވީ އެތައް މަހެއްވަންދެން އާންމުން ބޮޑެތި މުޒާހަރާތައް ކޮށް އެންމެ ފަހުން ރާޖަޕަކްސަގެ ވެރިކަން ވައްޓާލުމެވެ.
އެއަށްފަހު އޭނާ އުޅުއްވީ ފިއްލަވައިގެންނެވެ. އެނބުރި ގައުމަށް ވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާގެ ޕާޓީން ތާއީދުކުރާ އާ ސަރުކާރަކުން އެ ދަތިތަކުން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު މަޝްވަރާތައް ފެށުމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.