މާލޭގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މާދަމާރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށާއި، ހަވާ އެރުވުން އޮންނާނީ މާދަމާރޭ 9:00 ގައި އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އަވަށްޓެރި އަދި ގާތް ގައުމުތަކުގެ މަންދޫބުންނާއި އިސްވެރިން ރާއްޖެ ވަޑައިގަންނަން މިހާރު ވަނީ ފައްޓަވާފައެވެ.