1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަރުޟު 5 ނަމާދުގެ ބަންގީގެ އަޑު އިވޭހެން ޒަމާނާއެއްގޮތަށް ފަރުމާކޮށް މާފަންނު ގަޑިބުރު އިފްތިތާހްކޮށްފި

HM
ގަޑިބުރު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތު
ޝަފްޢަތު ، ހުވަދޫ މީޑީއާ
317ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޒަމާނީ ފެންވަރަށް މަރާމާތު ކުރުމަށް ފަހު، ފަސް ވަގުތު ވެސް ބަންގީގެ އަޑު އިވޭނެހެން މާފަންނުކޮޅުގައި ހުންނަ ގަޑިބުރު ހުޅުވައިފިއެވެ. މިއީ ސިޓީ ކައުންސިލާއި ހައިނިއާ މޯލްޑިވްސް އާ އެކުގައި ގާއިމު ކުރި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރި ތަނެކެވެ.

އަލުން ތަރައްގީ ކުރި ގަޑިބުރު އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ސާޖިދާ މުހައްމަދާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޑރ މުއިއްޒު ގަޑިބުރު އިފްތިތާހުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު އިރުޝާދު ދެއްވީ ކުރިން މި ތަނުގައި ބެހެއްޓި ގަޑިއާ އެއްގޮތަށް އަދި ޑިޖިޓަލައިޒްކޮށް ޒަމާނީ ގޮތެއްގައި ގަޑި ބުރު ހެދުމަށް ކަމަށެވެ.

300 × 250

މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ގަޑިބުރުން ފަސް ވަގުތު ބަންގި ގޮވާ އަޑު ވެސް އިވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު މެސެޖުތައްވެސް ގަޑިބުރުގެ ސްކްރީނުން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ގަޑިބުރުގައި ހުންނަ ސްކްރީނުގައި އެކިކަހަލަ އިޝްތިހާރު ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އާ ގަޑިބުރު ފަރުމާކޮށްފައިވަނީ އޭގެ ފައިދާ ވީހާވެސް ގިނަ ފަރާތްތަކަށް ލިބިގެންދާނެ ފަދަ ޒަމާނީ ގޮތަކަށެވެ. އަދި މާޒީ އިޔާދަކޮށްދިނުމަކީވެސް އެއް ބޭނުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މާޒީ އިޔާދަކޮށް ތާރީހާއި ސަގާފަތު އިޔާދަކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެއް ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރީގައި ކުރެވިފައި ހުންނަ މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައިވެސް އެކަންކުރާ ގޮތް ކަމަށެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި