1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައު ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނެންޓް ސެކެރެޓަރީން އައްޔަން ކޮށްފި

9bb
ޝަފްޢަތު ، ހުވަދޫ މީޑީއާ
403ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދެވި ވުޒާރާތަކަށް ވަގުތީ ގޮތުން ޕާމަނެންޓް ސެކެރެޓަރީން އައްޔަން ކޮށްފިއެވެ.

މި ސަރުކާރުގައި އަލަށް އުފެދުނު 4 ވުޒާރާއަށް ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ ވަގުތީ ގޮތުން ޕާމަނެންޓް ސެކެރެޓަރީން އައްޔަން ކޮށްފައެވެ. އެގޮތުން އައްޔަނު ކޮށްފައިވަނީ؛

• ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް، އިސްމާއީލް ރަޝީދު

300 × 250

• އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއަށް އަހްމަދު ތަލްހަތު

• ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް ފާތިމަތު އަހްމަދު

• ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަށް އިލްޔާސް އަހްމަދު

ސިވިލް ސާވިސް ކޮމިޝަނުން ވަނީ މި ވުޒާރާތަކަށް ދާއިމީ ޕީއެސް ހޯދަންވެސް އިއްޔެ އިއުލާން ކޮށްފައެވެ. މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ ނޮވެމްބަރު 30 ވަނަ ދުވަހުއެވެ.

މި މަގާމަށް އައްޔަން ކުރާ މީހެއްގެ އަސާސީ މުސާރައަކީ މަހަކު 20،500.00 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 15،000.00 ދިވެހި ރުފިޔާ ލިބޭނެކަމަށްވެސް އެ އިއުލާންގައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި