1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބުޅަލަކަށް ވަޅިހަރައި މަރާލި މީހާގެ ބަންދަށް 15 ދުވަސް؛ އޭނާ ބުނީ ވީޑިޔޯއަކީ ފޭކެއް ކަމަށް

ބުލ
ޝަފްޢަތު ، ހުވަދޫ މީޑީއާ
347ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގައި ބުޅަލަކަށް ވަޅި ހަރައި މަރައި ލުމުން ހައްޔަރު ކުރި މީހާ، އޭނާ އެކަން ކުރި ވަގުތުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކީ އަސްލެއް ނޫން ކަމަށް ބުނެފިއެވެ.

ބުޅާ މަރާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްފައެވެ. އޭނާ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށް ވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

މާބަނޑު ބުޅަލެއްގެ ބަނޑަށް މީހަކު ވަޅި ހަރައިލައި މަރާލި ކަމުގެ ޚަބަރު ސޯޝަލް މީޑިއާގައި ޢާންމުވީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިއާއި އެކު ސޯޝަލް މީޑިއާގައި އެކަން ހިނގައިދިޔަ ވަގުތުގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ.

300 × 250

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޕޭމަންޓް ކައިރީގައި އޮށޯވެލައިގެން އޮތް ބުޅަލަކަށް ފިރިހެނަކު ވަނީ ތޫނު އެއްޗަކުން ހަމަލާ ދޭތަނެވެ. ވަޅިއެއް ކަމަށް ބެލެވޭ އެއްޗެއް ހެރުމާއެކު އެ ބުޅާ ސިއްސައިގެން ގޮސް ދުވެފައި އެތަނުން ދެއެވެ.

އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރުކޮށްދިނީ, ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ފެންނާތީ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ތުހުމަތު ކޮށްފައިވާ މީހަކީ ޖަވާހިރުވާދީ/މ. ކޮޅުފުށި، އަހްމަދު ނަސީމް އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި