ޓީޗަރުން ހަމަނުވެ، ޕްރިންސިޕަލް ރަށުގައި ނުހުންނާތީ ސްކޫލު ދަރިވަރުންގެ ބެލެނިވެރިން ނިކުމެ، ލ. ކުނަހަންދޫ ސްކޫލުގައި ތަޅުއަޅުވައިފިއެވެ.
މަތީ ގްރޭޑްތަކުގެ މާއްދާތަކަށް ޓީޗަރުން ހަމަ ނުވުމާއި އެ ރަށުގެ ސްކޫލުގައި ހުންނަ އެ އަތޮޅުގެ ހިތަދޫ ޕްރިންސިޕަލްވެސް ރަށުގައި ނުހުންނަ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސައެކެވެ. ސޮއިކޮށްލުމަށްފަހު ޕްރިންސިޕަލް ހިތަދޫއަށްދާ މައްސަލައަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.
ސްކޫލުގައި ބޮޑެތި ކަންކަން ހިނގާއިރުވެސް ޕްރިންސިޕަލް ނުހުންނާތީ މިދިޔަ ހަތަރު އަހަރު ސްކޫލުގެ ނަތީޖާއަށް ކުރިއެރުން ނުލިބޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ރޭގެ ވަގުތެއްގައި އެ ރަށުގެ ސްކޫލުގެ ދެ ގޭޓުގައި ތަޅު އަޅުވާފައިވާއިރު މިއަދު ބެލެނިވެރިން ދަނީ އިހުތިޖާޖުކުރަމުންނެވެ. އެ އިހުތިޖާޖުގައި ބެލެނިވެރިން ދަނީ ޕްރިންސިޕަލް ބަދަލުކުރުމަށް ގޮވާލަމުންނެވެ. އަދި ސްކޫލަށް ކުރިއެރުން ނުލިބޭތީ އެކަމާ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ








ޚިޔާލު (1)
ސާބަހޭ ވަރަށް ގަދަ