އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓު ބަހުސް ރޭގަނޑާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިގޮތުން ޖަލްސާ ކުރިއަށް ގެންދަން މިއަދު ވަނީ ވޯޓެއް ނަގާފައެވެ. އެގޮތުން ބަޖެޓް ބަހުސަށް އެދޭ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން މިރޭ 10:00 ޖަހަންދެން ޖަލްސާ ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މާދަމާގެ ޖަލްސާ ވެސް ފުރުސަތަށް އެދޭ ހުރިހާ މެމްބަރުން ބަހުސްކޮށް ނިމެންދެން ޖަލްސާ ކުރިއަށް ގެންދަން ވަނީ ފާސްކޮށްފައެވެ.
އެގޮތަށް ފާސްވީ 34 މެންބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި އޮތީ 49.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މި ހިނގާ ހަރަށް ފާސްކުރި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ވުރެ 6.9 ބިލިއަން ރުފިޔާ އިތުރު ޢަދަދެކެވެ.
ބަޖެޓު ބަހުސްއަށް ވަގުތު ދިނުމަށް އާންމު ކޮމިޓީން ނިންމާފައިވަނީ ފުރަތަމަ މަރުހަލާގައި ކޮންމެ މެމްބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދިނުމަށެވެ. އަދި، ކޮމެޓީ ރިޕޯޓު ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ކޮންމެ މެމްބަރަކަށް ހަތް މިނެޓުގެ ފުރުސަތެއް ދިނުމަށެވެ.
މަޖިލީހުން އިއްޔެވަނީ ސަޕްލިމަންޓްރީ ބަޖެޓުވެސް ފާސްކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.