1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އައިޔޫއެމްގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށް ހާއްސަ ސްކޮލަރޝިޕްތަކެއް

mni
ތިނަދޫ އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް ހަވާލު ކުރުން....ފޮޓޯ: ވަގުތު
ޝަފްޢަތު ، ހުވަދޫ މީޑީއާ
397ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށްޓަކައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްސަ ސްކޮލަރޝިޕް ފުރުޞަޠުތަކެއް ހުޅުވާލުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ މިއަދު އައިޔޫއެމްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ ސްޓާފުން ބިނާ ކުރުމަށް، ކޮންމެ އަހަރަކަށްވެސް ކަނޑައެޅިގެން ވަކިވަރަކަށް ސްކޯލާޝިޕްދޭން ރާވަމުން އަންނަ ކަމަށެވެ. ހިލޭ ޑިގްރީއާއި ކަންކަން އޮންނަ ކަން ފާހަގަކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވީ ސްކޮލާޝިޕް މި ދެނީ ހަމައެކަނި ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ކަމަށެވެ.

300 × 250

އެހެން ނަމަވެސް ސްޕެޝަލައިޒް ވުމަށް، ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް ބޭނުންވާ އެހީތެރިކަން އިސްލާމިކް ޔުނިވާސިޓީ އަށް ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ އައިޔޫއެމް ދަނީ ވަރަށްބޮޑަށް ފުޅާވަމުން ކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް މި އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ލަފާ ކުރެވޭ ގޮތުގައި އައިޔޫއެމްގެ ބިނާތަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބިނާވެ، ޔުނިވަރސިޓީގެ ކޯސްތައް ފެށިގެންދާނެ ކަމަށެވެ.

އެހެންކަމުން ކިޔަވައިދެއްވާ ލެކްޗަރަރުން އެ ފެންވަރަށް ތަމްރީނު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ. ޝަހީމް ވަނީ އިސްލާމީ ޙަޟާރާތާއި ޢިލްމާއި އިސްލާމީ ނޫރު މި ބިމުގައި ފެތުރުމުގެ މަސައްކަތް ކުރުމަށް ހުރި މައިގަނޑު މުއައްސަސާގެ ހައިސިއްޔަތުން ތަނުގައި ކިޔަވައިދެއްވާ ލެކްޗަރަރުން އެކަންކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި