ވައިޓަލް ކެއާ ހުވަދޫ ގައި އެތެރެހަށްޓާއި ހަމުގެ ހާއްސަ ޑޮކްޓަރުން ތަކެއް ދެ ދުވަހަށް ފަރުވާ ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ވައިޓަލްކެއާ ހުވަދޫ ކްލިނިކުން މި ނޮވެމްބަރ 24 އިން 25 އަށް، އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޑރ މުހައްމަދު މުތުއިމް އާއި ހަމުގެ ހާއްސަ ޑރ މަރިޔަމް ނަސީމް ބަލިމީހުން ބައްލަވާނެއެވެ. އެޕޮއިންޓްމެންޓް ހެއްދެވުމަށް 7341315 އަށް ގުޅުއްވާށެވެ. ހުވަދުއަތޮޅުގެ ހުރިހާ ރަށްތަކަަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުންމތިނަދޫ ސިޓީގައި މި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުޅުވާފައިވާ "ވައިޓަކް ކެއާ ހުވަދޫ" އަކީ ގިނަ ދިވެހިންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ "ވައިޓަލް ކެއާ ޑެންޓަލް" ގެ ގޮތްޕެކެވެ.

މި ކްލިނިކުން ދަތުގެ ހުރިހާ ފަރުވާގެ އިތުރުން އެހެނިހެން ފަރުވާތައްވެސް ލިބެން ހުރެއެވެ. ހުވަދޫގެ ރައްޔިތުންނަށް ދުރު ދަތުރު ކުރަން ނުޖެހި ގާތުން ފަސޭހަކަމާއެކު ފަރުވާދޭނެ ފެންވަރު ރަނގަޅު ކްލިނިކެއް ހުރުމކީ ވަރަށްބޮޑު އުފަލެކެވެ. އަމުދުން ކްލިނިކުން ލިބޭ ފަރުވާތަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެހިފައިވުމަކީ ކިތަންމެހާވެސް އުފާވެރިކަމެކެވެ. މިއީ ތިނަދޫގައި ހުރި ތަނަކަށް ވިޔަސް އަތޮޅުގެ ކޮންމެ ރަށަކަށްވެސް މި ކްލިނިކުން ހިދުމަތް ލިބޭނެއެވެ. މި ކްލިނިކުން ދޭ ފަރުވާ ހޯދުމަށް "އަގު" ބޮޑު ވާނެތީ ކަންބޮޑު ވާނެކަމެއް ނެތެވެ. ސަބަބަކީ މިއީ އާސަންދަ ލިބޭ ތަނަކަށް ވާތީއެވެ. އާސަންއިގެ އިތުރުން އެމްއެންޑީއެފްގެ އިންޝުއަރެންސް ވެސް ހިމެނެއެވެ. ވައިޓަލް ކެއާ ހުވަދޫ އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- ދަތުގެ ހިދުމަތްުގެ އިތުރުން
- މަލްޓިސްޕެޝަލިޓީ
- ފާމަސީ އަދި ލެބޯޓްރީ ވެސް ހިމެނެއެވެ.








ޚިޔާލު (1)
އާސަންދަ ޚިދުމަތް ލިބިފައި ، އަމާނާ ތަކާފުލް އާއި އެލައިޑް އިންސޯރެންސް ޚިދުމަތް ނުލިބެނީ ކީއްވެގެންތޯ ؟ އެއީ ވަގުތުން ލާރި ނުލިބޭތީއާއި، ލާރިކޮޅު ލިބުން ލަސްވާތީ ކަމަށް ވައިޓަލް ކެއާރ ހުވަދޫއިން މައުލޫމާތު ދީފައިވެއެވެ. މިފަދަ ތަނަކުން އަމާނާ ތަކާފުލް އާއި، އެލައިޑް އިންސޯރެންސް ޚިދުމަތް ނުލިބުމަކީ އެފަދަ އިންސޯރަންސްގައި އުޅުއްވާ ބޭފުޅުން ވަަރަށްބޮޑަށް ކަންބޮޑުވެ އެކަމުގައި ހިތާމަ ކުރާކަމެއް ކަމުގައި ދަންނަވަމެވެ. އެހެންކަމުން ޚިދުމަތެއް ފުރިހަމައަށް ދެއްވުމުގައި އިސްވެ ދެންނެވި އަމާނާ ތަކާފުލްއާއި، އެލައި އިންސޯރެންސްގެ ޚިދުމަތް ނުލިބި ިމހާދިގު މުއްދަތެއްގޮސް މިޚިދުމަތް ނުލިބެނީ ކީއްވެގެންތޯ ؟