އައްޑޫން އަލަށް 500 އެއްހާ މީހުން ޕީއެންސީއާ ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޕާޓީން ބުނީ އައްޑޫން ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މީހުން ކަމަށެވެ.
ޕީއެންސީއާއި ގުޅުނު މެމްބަރުންގެ ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ.
އައްޑޫ ސިޓީ އިން 500 މީހުން ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ގިނަ މެމްބަރުންތަކެއް ގުޅިފައި މިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު, ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކުރުމަށް ހެދިފައި ވާ ވަޤުތެއްގައެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކުން ޕީއެންސީ ގުޅެމުން ދާއިރު ރައީސް ޔާމީންވެސް ވަނީ ޕީޕީއެމް މެމްބަރުން ޕީއެންސީއަށް ގެންދިއުމާއި ދެކޮޅަށް ވާހަކަދައްކަވާފައެވެ. ހަމަ އެއާ އެކު ޕީޕީއެމް އިން މެންބަރުން ވަކި ނުކޮށް ޕީއެންސީ އަށް 10،000 މެމްބަރުން އިތުރު ކޮށްދޭން ޑރ. މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.