1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިލޭ ހައްޖަށްގެންދާ ފުރަތަމަބެޗް އަންނައަހަރު ހައްޖަށް ފޮނުވޭނެ: އިސްލާމިކްމިނިސްޓަރު ޑރ. ޝަހީމް

328359_68a70a60-7_-1024x683
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
401ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރިޔަށް ގެންދާ ބެޗެކެވެ

ޝަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައިސް ޑރ މުއިއްޒުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

300 × 250

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އެގޮތުން ފައިސާ ދައްކަން ދަތި މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުތެރޭ 1000 މީހުން ހައްޖަށް ފޮނުވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

މީގެއިތުރުން ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

ހައްޖު ކޯޕަރޭޝަން މިހާރު ހިންގަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ފޯރުންތެރިކަން ދަށް މީހުންނަށް ހައްޖުގެ އަޅުކަމަށް ހޭދަކުރަން ޖެހޭ ފައިސާ އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ކުރިން ވިދާޅުވިއެވެ.

ރައީސް މުއިއްޒު މީގެކުރިން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގެ އަދަދު އިތުރުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެނީ 1،000 ކޯޓާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި