1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ. މުއިއްޒުގެ ދިފާއުގައި ސަޕޯޓަރުން ނުކުމެއްޖެ

uu
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,973ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދިފާއުގައި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުމެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޕީޕީއެމާ ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށްޓެވުމުން، ރައީސް ޑރ މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވާ ފަރާތްތައް އެމަނިކުފާނުގެ ދިފާއުގައި ނުކުމެއްޖެއެވެ.

މީގެ ތެރޭގައި ކުރިން ރައީސް ޔާމީނަށް ސަޕޯޓް ކުރާ ޔާމީންގެ ގާތް ވަފާތެރި ގިނަ ބަޔަކު ހިމެނޭއިރު، މިއީ ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީން ކަމަށް ގަބޫލު ކުރާތީ އެމަނިކުފާނާއެއްކޮޅަށް ހިތްވަރުދެއްވުމަށާއި ޔަގީންކަމާއެކު ބަޔަކު އެބަތިބިކަން ދޭހަކޮަށް ދިނުމަށް އެމނިކުފާނަށް ތާއީދުކުރުމަށް އިސްނެގުމެކެވެ.

300 × 250

މިގޮތުން، ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކުރެއްވުމަށް ބައެއް ބޭފުޅުން ގެންދަވަނީ، "އައިސްޓޭންޑްވިތުމުއިއްޒު" ހޭޝްޓެގްގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއްވެސް ކުރިއަށްގެންދަވަމުންނެވެ.

މީގެ ތެރޭގައި، އެކްސްކޮމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މުއިއްޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރު ސައީދު ވަނީ، ރައީސް މުއިއްޒު ސިފަކުރައްވާފައި ވަނީ ގިނަ ވަގުތު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަގުތު ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައެވެ.

"ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށްގެންދަވާފައި. އަޅުގަނޑަށް ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި،" ސައީދު ވިދާޅުވިއެވެ.

ސައީދުގެ އިތުރުން މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރަކަަށް ހުންނަވާ އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެކަމަށް ވަކި މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ މަގުސަދުގައި ކަމަށެވެ.

ޕީޕީއެމް ހިންގުމަށް ރައީސް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކޮށް، ބައެއް ބަދަލުތައް ގެންނާނެކަން ހާމަކުރުމާއެކު، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީން ވަކިކޮށްފައެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކަންކަމުގައި ޔާމީންގެ މަޝްވަރާ ނުހޯދުމާއި ޕީޕީއެމް ހިންގަން ލީޑަޝިޕުން ބޭނުން ނުވުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރާތީ ޑޜ މުއިއްޒ. ޕީޕީއެމްއާ ދުރަށް ވަޑައިގެންނެވީ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި