1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕީޕީއެމްގެ އޮފީސް ހުސްކުރަން އެގޭގެ ވެރިފަރާތުން އަންގައިފި

PPM-offcie
ޝަފްޢަތު ، ހުވަދޫ މީޑީއާ
349ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހ. ހުރަފާ ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް ގޭގެ ވެރިފަރާތުން އަންގައިފިއެވެ. އެ އިމާރާތް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިމާރާތް ދޫކޮށްފައިވަނީ "ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް" ކަމަށެވެ.

ގޭގެ ވެރުފަރާތުން އަންގާފައި އެއް ދުވަހުގެ ތެރޭގައި އިމާރާތް ހުސްކުރުމަށެވެ.

"ކުއްޔަށް ދޫކުރެެވިފައިވާ ތަނުގައި މިހާރު ޕީޕީއެމްގެ އޮފީހެއް ހިންގަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ. ވުމާއެކު ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމައި، މިއަދު [ނޮވެމްބަރު 24، 2023] ގެ މެންދުރުގެ ކުރިން ތަން ހުސްކޮށް އަޅުގަނޑާ ހަވާލު ކުރުން އެދެން."

300 × 250

ޕީޕިއެމްގެ އޮފީސް ހިންގަމުން އަންނަ އިމާރާތް ހުސްކުރުމަށް އަންގާ ގޭގެ ވެރިފަރާތުން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ޕީޕީއެމްގެ އޮފީސް ހިންގަމުން އައި އިމާރާތް ހުސްކުރުމަށް އަންގާފައިވާއިރު، ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ރައީސް ޔާމިންވަނީ އެ ޕާޓީ ދޫކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.

ޔާމިންގެ އާ ޕާޓީ އުފެއްދުމަށް މާދަމާ އިލެކްޝަންސްއަށް ހުށަހަޅާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި