ހުޅުމާލޭ ސެންޓަރަލް ޕާކް ކައިރީ ހިގި އެކްސިޑެންޓުގައި, ހާލުދެރަވެގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫ ވެންޓިލެޓަރުގައި ފަރުވާދެމުން ދިޔަ އިސްމާއީލް ވަހީދު ނިޔާވެއްޖެއެވެ. އިސްމާއީލު ނިޔާވީ ރޭ މެންދަމު ވަގުތެއްގައެވެ. ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހުގައެވެ.
އިސްމާއިލް ގެ އަނބިމީހާ އައިޝަތުމަނިކެ އަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
މިއީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ތިން ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓެކެވެ. މިމައްސަލައިގައި ކާރު ދުއްވަން އިން މީހާ ވަނީ ހައްޔަރުކުރެވިފައެވެ. މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.