އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އެ ކުންފުނީގައި ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އާމިނަތު ޒީނިޔާ ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނީގެ އެންމެ ފުރަތަމަ މުވައްޒަފެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ސްޓާފްކަމަށްވާ ޒީނިޔާ އަލްފާޟިލާ އާމިނަތު ޒީނިޔާއަކީ އާސަންދަ ކުންފުނީގައި މަސައްކަތް ކުރައްވާތާ އެންމެ ގިނަދުވަސްވީ އެއް މުވައްޒަފުކަމުގައި ވާނެއެވެ. އާސަންދަ ކުންފުނިން ބުނެފައިވާގޮތުގައި 12 ފެބްރުއަރީ 2012ގަ އާސަންދަ ކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވި އަލްފާޟިލާ އާމިނަތު ޒީނިޔާ ފަހުން އެސިސްޓެންޓް ޖެނެރަލް މެނޭޖަރުގެ މަގާމުން ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނަވަނިކޮށް މިއަދު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފައެވެ.
އާސަންދަ ސްކީމް ހިންގެވުމަށް ތަފާތު އެތައް މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ޒީނިޔާ ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިޕާޓްމަންޓާއި އެވެއަރނެސް ޑިޕާޓްމަންޓާއި ކަސްޓަމަރ ސަރވިސް ސެކްޝަނާއި ޕަބްލިކް ރިލޭޝަންގެ އިތުރުން ބިޒްނަސް ޑިވެލޮޕްމަންޓް ސެކްޝަންގެ މަސައްކަތްތައްވެސް ބަލަހައްޓަވާފައެވެ. އާސަންދަ ކުންފުންޏަށް ވަޑައިގެންނެވުމުގެ ކުރިން، އަލްފާޟިލާ އާމިނަތު ޒީނިޔާވަނީ ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހަބިލިޓޭޝަން (މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ) ގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު އަދާކުރައްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.