1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އަލީވަހީދު، އިނގިރޭސިވިލާތުގައި ހައްޔަރު ކުރީ ގާނޫނާހިލާފަށް ކަމަށް ނިންމައިފި

wadde2
ފޮޓޯ: ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
333ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާ، ބަދަލުގެ ގޮތުގައި އޭނާއަށް ވިހިހާސް ސްޓާލިންގ ޕައުންޑުން ބަދަލު ދޭން ނިންމާފައިވާކަމުގައި އަލީވަހީދު ވިދާޅުވެއްޖެއެވެ.

މިމަމާއި ގުޅޭގޮތުން އަލީ ވަހީދުގެ ގާނޫނީ ޓީމުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ، އެ ބޭފުޅުންގެ މުވައްކިލު އިނގިރޭސި ވިލާތުގައި ހައްޔަރު ކުރެވުނު ހިސާބުންވެސް އޭނާ ދިވެހިރާއްޖޭގެވެސް އަދި އިނގިރސިވިލާތުގެ ވެސް އެއްވެސް ގާނޫނަކާ ޚިލާފްވެފައި ނުވާނެކަމުގެ ޔަގީންކަން ދީފައިވާނެ ކަމުގައެވެ.

މި ބަޔާނުގައި ބުނެފައިވަނީ، ގާނޫނާއި ޚިލާފަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހައްޔަރު ކުރި މައްސަލާގައި އެގައުމުގެ ސަރުކާރުގެ މައްޗަށް ދައުވާކުރުމުގެ ކުރިން ގުޅިފައިވާ ވަކީލުންގެ ޓީމަކުން އެގައުމުގެ ސަރުކާރާއެކު ކުރި މަޝްވަރާތަކާއެކު، އެ ހައްޔަރަކީ ގާނޫނާއި ޚިލާފު ހައްޔަރެއްކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްބަސް ވެފައިވާކަމުގައެވެ.

300 × 250

އަދިހަމަ، ގާނޫނާ ޚިލާފަށް އެގައުމުގެ ފުލުހުން މެދުވެރިކޮށް އަޅުގަޑުމެންގެ މުވައްކިލު ކުރީގެ ޓޫރިޒަމް މިނސްޓަރު އަލީ ވަހީދު ހައްޔަރުކުރުމުގެ އަމަލަށް އިނގިރޭސި ސަރުކާރުގެ ފަރާތުން އޭނާގެ ކިބައިން މާފަށް އެދިފައި ވުމުގެ އިތުރަށް، ގާނޫނާއި ޚިލާފު އެ ހައްޔަރުގެ ސަބަބުން އަޅުގަޑުމެންގެ މުވައްކިލަށް ލިބިގެންދިޔަ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ސްޓާރލިން ޕައުންޑް އޭނާއަށް ދިނުމަށްވެސް އިނގިރޭސި ސަރުކާރުން ނިންމާފައިވާކަންވެސް ފާހަގަކުރަމެވެ.

އަލީވަހީދުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާ ހައްޔަރު ކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމާ އިނގިރޭސި ސަރުކާރުން މާފަށް އެދި އަދި ބަަދަލު ދޭން ނިންމާފައިވާކަމަށް ބުނެ އަލީވަހީދު ކުރި ޓުވީޓުގައި ވިދާޅުވެފައިވަނި ވަގުތު ނެގިއަސް ޙައްޤަށް ނަސްރު ލިބޭނެ ކަމަށާއި، ހަމްދު ކުރަނީ ހެއްދެވިފަރާތަށް ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި