ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ތައާރަފްކޮށްފި އެވެ. "ތިމާވެށި" އަކީ އަޅުގަނޑުމެންގެ ސީއެސްއާރު އިނީޝިއޭޓިވްގެ ދަށުން، ތައާރަފްކުރި "ރީޔޫސަބަލް އިކޯ ބޭގެއް."ކަމަށް އެފްއެސްއެމް އިން ވަނީ ބުނެފައެވެ. މިފަދަ ކަމެއް ކުރުމުގެ ހިތްވަރު ލިބިފައިވަނީ ރާއްޖޭގައި އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކްގެ ބާވަތްތައް އިމްޕޯޓް ކުރުމާއި އުފެއްދުން މަނާކުރުމާއި ގުޅިގެން ކަމަށް އެކުންފުނިން ބުނެއެވެ.

thimaa1

ފޮޓޯ: އެފްއެސްއެމް މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކޮށް ތިމާވެއްޓާ ރައްޓެހި ގޮތެއް އުފެއްދުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެފްއެސްއެމްގެ އިކޯ-ބޭގް "ތިމާވެށި" ދެ ސައިޒަކަށް ލިބެން ހުންނާނެ އެވެ. އެގޮތުން ބޮޑު ސައިޒުގެ ކޮތަޅަކީ ފަސޭހައިން ޕޮކެޓް ސައިޒަށް ފޮލްޑްކޮށްލެވޭ ކޮތަޅެކެވެ. މި ކޮތަޅުތައް ސްކޫލްތަކާއި އެންޖީއޯތަކަށް ބެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.