ތިނަދޫ ސިޓީގެ ދަޑެކޮޑޭ އަވަށުގެ އަންހެނުންގެ ގުރޫޕަކުން އިސްނަގާގެން ފަލަސްދީނުގެ ރައްޔިތުންނަން އެހީތެރިކަމެއް ދިނުމަށް 57000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮއްފުއެވެ.

10 ދުވަސް ވަންދެން ރަށުގެ އެކި ސަރަހައްދު ތަކަށް ޒިޔާރަތް ކޮށް ހޯދި ފައިސާ މިހާރު ވަނީ ޙަވާލު ކޮރެވިފައެވެ. މި ކަމުގައި ދިން ހުރިހާއެންމެންނަން ދަޑެކޮޑޭ އަންހެނުންގެ ގުރޫޕުގެ ފަރާތުން ޝުކުރު ދަންނަވައެވެ.

ތިނަދޫ ސިޓީ ގެ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް މީގެ ކުރިން ވެސް އެކި ފަހަރު މަތިން ވަނީ ގިނަ އަދަދެއްގެ ފައިސާ ޙަވާލު ކޮއްފައެވެ.
ދިވެހިން ފޮނުވާ އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ބޭނުންވާ އަސާސީ ކަންކަން ހަމަޖައްސައި ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފަލަސްތީނަށް އެހީވާން ދިވެހިންގެ ފަރާތުން މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި ރެޑް ކްރެސެންޓާ އަދި ޚިދުމަތް ޖަމިއްޔާއާ އެކި ފަރާތްތަކުން ފައިސާ ހަވާލުކޮށްފައިވެއެވެ. އަދި ފައިސާ އެއްކުރަން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ ހިސާބުތަކުގައި ހުއްޓުމެއް ނެތި އަންނަނީ، އެކި ފެންވަރުގައި ކުރަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެމުންގެންދާ މި ހަމަލާތަކުގައި މިހާތަނަށް 15،000 އަށްވުރެ ފަލަސްތީނުް މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.