1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހެކިނައްތާލުމުގެ ބޭނުމުގައި ނައީމާ މަރާލަން ބޭނުން ކުރި ސާމާނު ވަނީ އަންދާލާފައި: ޕީޖީޝަމީމު

noi
މިއަހަރު އޭޕްރީލް މަހު މަނަދޫގައި އޭނާގެ އަމިއްލަގޭތެރޭގައި ރަހުމްކުޑަގޮތަކަށްމަރާލާފައި އޮއްވާ ފެނުނު ނައީމާމޫސާ
ޝަފްޢަތު ، ހުވަދޫ މީޑީއާ
551ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ނ. މަނަދޫގައި ރަޚުމްކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާ މަރާލަން ގެންގުޅުނު ވަޅި އާއި އެހެނިހެން ހެކި ނައްތާލުމުގެ ބޭނުމުގައި އަންދާލާފައިވާ ކަމުގައި ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު މިއަދު ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރިކަމުގައެވެ. އޭނަ ވިދާޅުވީ އެހެންނަމަވެސް ހެކި ނައްތާލުމުގެ ބޭނުމުގައި، ނައީމާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އެފަދަ އެހެނިހެން ތަކެތިވެސް އަންދާލާފައިވާ ކަމުގައެވެ.

ނައީމާ މޫސާ މަރުވެފައި އޮތްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ގޭގައެވެ. މިއާއެކު މަރުގެ މައްސަލާގައި ފުލުހުންގެ ޚާއްޞަ ތަޙްޤީޤު ޓީމެއް މަނަދޫގައި ހަރަކާތްތެރިވެފައި ވެއެވެ.

300 × 250

މިމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ނ.މަނަދޫ ފެހިވިލާގެ އަހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްގެ މައްޗަށެވެ. ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާވެސް ހިމެނޭގޮތަށް، މި ދެމީހުންގެ މައްޗަށްވެސް ދައުލަތުން ތިން ދައުވާއެއް ކުރެއެވެ.

އޭނާ ވިދާޅުވީ ތޫނު ހަތިޔާރުގެ ބޭނުންކޮށްގެ ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރަނީ ނައީމާ މަރާލުމަށްފަހު ނ.މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެތަނުގައި ވަޅެއް ކޮނެ އެއަމަލު ހިންގުމަށް ބޭނުން ކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައިވާތީ ކަމުގައެވެ.

އޭގެ އިތުރުން ޝަމީމު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވާކަމުގެ ދައުވާވެސް ކުރާ ކަމަށެވެ.

"އެދައުވާ މިކުރަނީ އެގޭގެ ދޮރު ތަޅުލާފައި ދިޔައީ، އެހެންވެ 40 ގަޑިއިރު ފަހުން އާއިލާއަށް އެ އެނގުނީ އެހާދިސާ ހިނގައިގެން އުޅޭކަން," ޝަމީމް ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ ނައީމާ މަރާލުމުގައި އަހުޒަމް އަބްދުއް ޝުކޫރާއި އަބްދުލް ވާހިދު ފިރާސްވެސް އަމަލީގޮތުން ބައިވެރި ވެފައިވާތީ ދެ މީހުންގެ މައްޗަށްވެސް ދައުވާ ސާބިތު ކުރެވޭނެކަމަށް ޕީޖީ އޮފީހުން ގަބޫލު ކުރާކަމުގައެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.

ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި