1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާއި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ރައީސް އޮފީސް
މަރިޔަމް އަފީފާ
235ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާއި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ރައީސް އޮފީހުން ހުޅުވާލާފައިވަނީ، އަންގާރަ ދުވަހުއެވެ. މި މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ، މަޤާމުގެ މުއްދަތު ހަމަވާތީއެވެ.

ރައީސް އޮފީހުން ކުރި އިޢުލާނެއްގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިހާރު އެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވާތީއެވެ. މި މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

300 × 250

މީގެ އިތުރުން، ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މި ދެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

ދައުލަތުގެ މުހިންމު މި ދެ މަޤާމަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ ދެފުށް ފެންނަ ސިޔާސަތުތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ކަންކަން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި