ދުބާއީގައި ކުރިއަށްދާ ކޮޕް28ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާ ރައީސް މުއިއްޒު ބައްދަލުކުރެއްވީ މިއަދު އެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސް ވަނީ އިނގިރޭސި ރަސްގެފާނަށް އަރުވައިފަ އެވެ.
ރަސްގެފާނު ޗާލްސް ވަނީ ތިމާވެށީގެ ކަންކަމުގައި ރާއްޖެއަށް އިނގިރޭސިވިލާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ކޮޕް28 ބައްދަލުވުމުގައި މިއަދު ރައީސް މުއިއްޒު ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު މިފަދައިން ތަޤްރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.