ރޭގެ މާރާމާރީގައި އއްޑޫ ހިތަދޫގައި ރޭ ހިންގިި ނުރައްކާތެރި ގޭންގު މާރާމާރީއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ ހިތަދޫގެ ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓު ލިބިފައިވާ ކަމަށާއި
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާ ކަމަށެވެ.

އަދި އެމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާއިން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.