1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

އީވާ މަގާމުން އިސްތިއުފާ ދެއްވައިފި

އި
ޝަފްޢަތު ، ހުވަދޫ މީޑީއާ
310ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ މިއަދު ވަކިކުރަން ވޯޓަށް ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވައިފި އެވެ.

އީވާ މަގާމުން ދުރުކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށް ފަހު، ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދެއްވި އެވެ. ދިފާއުގައި އީވާ ދެއްކެވި ވާހަކަ 30 މިނެޓަށް ދިގުދެމިގެން ދިޔައިރު، އޭނާ ވަނީ ސިޔާސީ ހަޔާތުގައި ކުރެއްވި ކަންކަމާއި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހާސިލްކުރެއްވި ކަންކަން ވިދާޅުވެ ދެއްވައިފަ އެވެ.

އިސްތިއުފާ ދެއްވާކަން އީވާ އިއުލާން ކުރެއްވީ ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ދެއްކެވި ވާހަކަފުޅު ނިންމާލައްވަމުންނެވެ. އެވަގުތު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އީވާގެ އިސްތިއުފާގެ ސިޓީ ރިޔާސަތާ ހަވާލުކުރާ މަންޒަރު ފެނެ އެވެ.

300 × 250

މަޖިލީހުގެ އަމީންއާންމު އިސްތިއުފާގެ ސިޓީ އިއްވުމަށް ފަހު، އީވާ އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެމްޑީޕީ ބައެއް މެންބަރުން ވަނީ އެ ގޮތަށް އިސްތިއުފާ ނުދެއްވޭނެ ކަމަށާއި ގަރާރު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައި، އިހުތިޖާޖު ކުރައްވައިފަ އެވެ.

ނަމަވެސް، އަސްލަމް ވިދާޅުވީ އިސްތިއުފާ ދެއްވާ ހާލަތުގައި އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މަޖިލީހުން މީގެ ކުރިން އަމަލު ކުރަމުން އަންނަނީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވާން ލިބޭ ފުރުސަތު ވަކިވަކިން ދޭ ގޮތަށެވެ. ނަމަވެސް އީވާ މައްސަލައިގައި އާންމު ކޮމިޓީން 30 މިނިޓު އެއްކޮށް ދޭ ގޮތަށް ބަދަލުކުރެއްވީ އެކަމަށް އާޒިމް ހުށަހަޅުއްވައިގެންނެވެ.

އީވާ އިސްތިއުފާ ދެއްވުމުން މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވެފައިވުމާ އެކު، އާ ނައިބު ރައީސަކު އައްޔަންކުރަން މިރޭ އަށެއް ޖަހާއިރު ޖަލްސާއެއް ބާއްވާނެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި