ރައްޔިތުންގެ މަޖިލީހުގެ ގއ. ދާންދޫ ދާއިރާގެ ގޮނޑިއަށް އެރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ އޮންނަ ޕީޕީއެމް،ޕީއެންސީގެ ޕްރައިމަރީގައި އާސިފް ވާދަކުރައްވާ އިރު އޭނާ އަކީ އިޖްތިމާޢީ ،އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ދާންދޫ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށް އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

asif
އާސިފަކީ ޕީޕީއެމްގެ ފިކުރުގައި ފެށުނީއްސުރެ ދެމި ހުންނެވި ބޭފުޅެކެވެ. އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ 2008 ވަނަ އަހަރު ދާންދޫ ކުޑަކަތީބުކަމުންނެވެ. އެއަށްފަހު ޑީއާރްޕީ އުފެދިގެން ދާންދޫގައި އެ ޕާޓީ ކުރިއަރުވައި ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓްގައި ދާންދޫ ކައުންސިލްގެ މެމްބަރުކަމަށް ވެސް އިންތިޚާބުވެވަޑައިގެން ތިން އަހަރު ދުވަހު ޚިދުމަތް ކުރައްވާފައެވެ.
މިހާރު ދާންދޫ ރައީސް ގެ ގޮތުގައި ހުންނެވި އާސިފް ފާހަގަވެފައި ވަނީ ކޮންމެ ސިޔާސީ ފިކުރެއްގެ ސަރުކާރެއް އޮތަސް ސަރުކާރާ ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވާ މުރާލި ހީވާގި ބޭފުޅެއްގެ ގޮތުގައެވެ. މިއަދު ދާންދޫ ދެކެމުންދާ ތަރައްޤީ ގެ އެންމެ ބޮޑު މޭސްތިރިއަކީ ވެސް އޭނާއެވެ. ކޮންމެ ސަރުކާރެއް އޮތަސް އޭނާގެ ވިސްނުން ގެންގުޅުއްވަނީ "ޕްރޯ ދާންދޫ " ރައްޔިތެއްގެ ގޮތުގައި ކަން މުޅި ރަށުގެ އެންމެން އިއްތިފާގުވެއެވެ.

asifއާސިފް ،ދާންދޫ އިސް ރައްވެއްސަކާއެކު

ޕީޕީއެމްގެ ވެރިކަމުގައި ދާންދޫ ސިއްހީ މަރުކަޒުގެ އެންމެ އިސްވެރިޔާގެ މަގާމާއި ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުގެ މަގާމް ވެސް ފުރުއްވި އާސިފް ދާންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އެވެ ގޮތުގައި ދެކެން އެންމެ ބޮޑަށް ބޭނުން ވަނީ އޭނާ ނިސްބަތްވާ ރަށުގެ ރައްޔިތުންނެވެ. އެއީ ކުޑައެއް ބޮޑެއް, މުސްކުޅި އެއް ފަގީރެއް ތަފާތު ކުރުމެއް ނެތި އޭނާ ބާއްވާ ގާތް ކަމަށް ޓަކައެވެ. ހިތާ ހިތުގެ ގުޅުން އޮތް ބޮޑު ކަމުންނެވެ.