1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަ ޑިމޮކްރެޓްސްގެ ރައީސަކަށް ހަސަން ލަތީފް

hassan latheef
ފޮޓޯ: އަވަސް
ހުވަދޫ ނިއުސް ޓީމް
298ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑިމޮކްރެޓްސްގެ ރައީސަކަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް އިންތިޚާބުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން އިއްޔެ ބާއްވާފައިވާއިރު ވަގުތީ ނަތީޖާ އިޢުލާން ކުރުން އޮތީ މިރޭ އެޕާޓީގެ އިދާރާގައެވެ.

ވަގުތީ ނަތީޖާއިން ދެއްކި ގޮތުގައި ޑިމޮކްރެޓްސްގެ ރައީސްކަމަށް ހަސަން ލަތީފް އިންތިޚާބުވީ 1704 ވޯޓުންނެވެ.
ޑިމޮކްރެޓްސްގެ އެތެރޭގެ ފުރަތަމަ އިންތިޚާބުގައި ރައީސް ކަމަށް ހަސަން ލަތީފްއާ ވާދަކުރެއްވި ހުސައިން އަމްރުއަށް މިއިންތިޚާބުގައި ލިބުނީ 1300 ވޯޓެވެ.

300 × 250

މިއިންތިޚާބުގައިވަނީ ޑިމޮކްރެޓްސްގެ އަންހެން ނައިބު ރައީސަކަށް ހޮވުނީ އައިޝަތު އަލައިކާ އަދުނާންއެވެ. އޭނާއަށް ލިބުނީ 1954 ވޯޓެވެ. އޭނާއާ ވާދަކުރި މަރިޔަމް ރިހާން ނާޒިމަށް ލިބުނީ 1006 ވޯޓެވެ.

ޒުވާނުންގެ ނައިބު ރައީސަކަށް ހޮވުނީ ހަސަން ފިރުޝާންއެވެ. އޭނާއަށް ލިބުނީ 1689 ވޯޓެވެ. މިބައިގައި 3 މީހުން ވާދަކުރި އިރު އޭނާއާ އެންމެ ގާތުން ވާދަކުރި މުހައްމަދު އަހުސަންއަށް ލިބުނީ 1061 ވޯޓު، އަދި މުހައްމަދު އަލާންއަށް ލިބުނީ 93 ވޯޓެވެ.

ވިމެންސް ޑެމްސް ނުވަތަ އަންހެނުންގެ ރައީސަކަށް ހޮވުނީ ފާތިމަތު ހަމްދާ މުހައްމަދުއެވެ. އޭނާއަށް ލިބުނީ 749 ވޯޓެވެ. އޭނާއާ ވާދަކުރި ޝިޔާމާ މުހައްމަދަށް ލިބުނީ 264 ވޯޓެވެ.

ޔަންގް ޑެމްސް ނުވަތަ ޒުވާނުންގެ ރައީސަކަށް ހޮވުނީ މުހައްމަދު މާޝިހްއެވެ. އޭނާއަށް ލިބުނީ 367 ވޯޓެވެ. އޭނާއާ ވާދަކުރި ޔޫސުފް ޝާންއަށް ލިބުނީ 324 ވޯޓެވެ.

މިއިންތިޚާބުގައި އެޕާޓީގެ 43 މަޤާމަކަށް މެންބަރުންވަނީ ހޮވާފައެވެ.

ޑިމޮކްރެޓްސްއިން މަޢުލޫމާތު ދިންގޮތުގައި އެޕާޓީގައި ޖުމްލަ 1043 މަޤާމަށް މީހުން ހޮވާއިރު މީގެ ތެރެއިން 271 މަޤާމަކަށް މީހުންވަނީ އިންތިޚާބުވެފައެވެ. ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނީ 5883 މީހުންނަށް ކަމަށް އެޕާޓީން ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި