މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގައި ވިމަން ޑިމޮކްރެޓްސް ލީޑަރު ކަމަށް މުޅި އިންތިޚާބުގެ އެންމެ ބޮޑު އިންސަތައަކާއެކު ފާތިމަތު ޙަމްދާ މުޙައްމަދު ކާމިޔާބުކޮށްފިއެވެ.
ގިނަ ޒުވާނުންތަކަކަށް ސިޔާސީ ވާހަކަ ދައްކަން މަޖްބޫރު ކުރި އަދި އޭނާގެ ސްޕީޗަކުން ރާއްޖޭގެ އެކި ހިސާބުތަކުގައި އޭނާގެ ތާއީދު ބޮޑުވެފައިވާ ހަމްދާ މި އިންތިހާބު ކާމިޔާބު ކުރީ 966 ވޯޓުންނެވެ.
ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ އިންތިހާބުގެ ވޯޓުލުން ހެނދުނު 10:00 އިން 4:00 އާ ހަމައަށް ކުރިއަށްގެންދިޔައެވެ. ވޯޓްލާފައި ވަނީ 3،209 މެންބަރުންނެވެ. ވޯޓްލީ މީހުންގެ ނިސްބަތަކީ 54 ޕަސެންޓެވެ.
އެ އިންތިޚާބުގައި ހަމްދާއަށް 966 ވޯޓް ލިބިފައިވާއިރު, އެއީ ވޯޓް ލީ މީހުންގެ 74.54 އިންސައްތައެވެ. އޭނާއާ ވާދަކުރި އަޙްމަދު ޝިޔާމާއަށް ލިބިފައިވަނީ 330 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 25.46 އިންސައްތައެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ހުސެއިން އަމްރަށް ލިބިފައިވަނީ, 1,497 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 45.17 އިންސައްތައެވެ. ރައީސް ކަމަށް ހޮވުނު ހަސަން ލަތީފަށް ލިބިފައިވަނީ, 1.817 ވޯޓެވެ. އެއީ 54.83 އިންސައްތައެވެ.
އިތުރު މަޤާމުތަކަށް ބަލާލާއިރު, ނައިބު ރައީސް (ޒުވާން) ކަމަށް ހޮވުނު ހުސެއިން ފިރުޝާނަށް ލިބިފައިވަނީ 1,971 ވޯޓެވެ. އެއީ 61.42 އިންސައްތައެވެ. އޭނާއަށް އެންމެ ގާތުން ވާދަކުރި އަޙްމަދު އަންސަރަށް ލިބުނީ 1,141 ވޯޓެވެ. މުޙައްމަދު އަލަންއަށް ލިބިފައިވަނީ 97 ވޯޓެވެ.
ނައިބު ރައީސް (އަންހެން) ހޮވިފައިވަނީ 62.2 އިންސައްތަ (2,046 ވޯޓް)އާއެކު އަލައިކާ އަދުނާނެއެވެ. ރީހާން ނާޒިމަށް ލިބިފައިވަނީ 37.72 އިންސައްތަ, 1,239 ވޯޓެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.