1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތުއްތު ދަރިފުޅު ކޮތަޅަކަށްލައި އެއްލައިލި މަންމަ، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި

sigu
ޝަފްޢަތު ، ހުވަދޫ މީޑީއާ
473ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، ސްރީލަންކާއަށް ނިސްބަތްވާ އަންހެނެކެވެ. އެއީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

އެމީހާ އިއްޔެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކުރީ ވެލާނާ އިންޓަނޭނަޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ލަންކާއަށް ފުރަން ގޮސް ހުއްޓައެވެ.

300 × 250

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިހެއުމަށްފަހު އެއްލާލާފައި އޮތް ކުއްޖާގެ މަންމަ އަކީ ދިގުރަށު ގެސްޓްހައުސްއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.

މިކަން ހިނގައިދިޔަ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހެނދުނު 9:20 ހާއިރުއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް މިހާރު ދަނީ ދިގުރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކުނިގޮނޑަށް ކުއްޖާ އެއްލާލާފައި އޮއްވާ ފެނިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި