1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ

amyny
ޝަފްޢަތު ، ހުވަދޫ މީޑީއާ
452ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަމީނީ މަގުގެ ނުނި އޮތް ބައިގެ މަސައްކަތް ފެށުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަމީނީމަގުގެ ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އާރްޑީސީއާ އަދި ސްޓޭކްހޮލްޑަރުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

"އެގޮތުން، މި ބައްދަލުވުމުގައި ނިންމާފައިވަނީ އަމީނީ މަގުގެ އެންމެ ފަހު ސްގެމެންޓު 12 އަދި 13 ގެ މަސައްކަތް ފެށުމަށް،" ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

300 × 250

އެ މިނިސްޓްރީން ބުނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔުމަށް އާރްޑީސީން ތައްޔާރުވަމުންދާ ކަމަށެވެ. މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން އާންމުންނަށް ދިމާވާނެ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމަށް ހިންގަމުން އަންނަ މަޝްރޫއުގެ އެ މަގު މިހާރު ވަނީ ޕްލޭނިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައިގެން ތަރައްގީކޮށްފައެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 3 ޖުލައި 2022ގައެވެ. އެއީ 210 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 84.4 މިލިއަން ރުފިޔާއަށެވެ. އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަތް މަސް ދުވަސް ތެރޭގައި ނިންމަން އެއްބަސްވި ނަމަވެސް، މަސައްކަތް ނުނިންމުނެވެ. އެހެންވެ ޕްލޭނިން މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި