1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ސިޔާސީ

ޕީޕީއެމް/ޕީއެންސީގެ މާލެސިޓީ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް

Azima-for-mayor
ޕީޕީއެމް ޕީއެންސީގެ ފަރާތުން މޭޔަރު ކަމަށް ކުރިމަތިލުމަށް އާޒިމާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ފޯމު ހަވާލުކުރައްވަނީ -- ފޮޓޯ: އެކްސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
345ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެރުވުމަށް އެ ދެ ޕާޓީން ނިންމައިފިއެވެ.

ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ކޯލިޝަނުން މޭޔަރުކަމަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި އާޒިމާ ކަމަށެވެ. އެހެންވެ އާޒިމާއަށް ޓިކެޓު ވަނީ ކަށަވަރުވެފައެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށް ކަމަށެވެ.

300 × 250

ހަމައެހެންމެ މޭޔަރުކަމަށް ވާދަކުރަން ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތައް ކުރިއަށް ގެންދެވުން ކަމަށްވެސް އަޒިމާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ކެނޑިޑޭޓުން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްވެސް ނިންމަވާ އެމްޑީޕީއަށް ފޯމް ހުށައަޅާފައިވެއެވެ. މީގެ އިތުރުން މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައެވެ.

މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ހޯއްދެވި ކާމިޔާބީއާ އެކުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި