1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދަރުމަވަންތަ ސްކޫލަށް ތިން މަސް: ބިއްލޫރިތައް ތަޅައިގެންދާތީ ބަދަލުކޮށްދޭން އެދިއްޖެ

darp
ޝަފްޢަތު ، ހުވަދޫ މީޑީއާ
326ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ދިރާސީ އަހަރަށް ކިޔަވައިދޭން ފެށި ދަރުމަވަންތަ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދާތީ، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރި ކަމަށް ބަދަލު ކުރަން ޖެހިއްޖެއެވެ.

ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭން ފެށީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އައު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު މިއަދު ވަނީ ދަރުމަވަންތަ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ ހާލަތު ބައްލަވާލައްވާފައެވެ.

އެ ޒިޔާރަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އެ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދާތީ އެކަމުގެ ކަންބޮޑުވުން އޮތްކަމަށެވެ. އެ ދޮރުތަކުގައި ހުރީ ފަސް މިލި މީޓަރުގެ ތުނި ބިއްލޫރިތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ހައެއްކަފޫޓޫ ދިގު ދެ ފޫޓޫ ފުޅަ އެ ބިއްލޫރިތަކުގެ ތެރެއިން ތިރީހަކަށް ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

300 × 250

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް އެސްކޫލް ދެބައިކުރުމަށްފަހު މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އުފެއްދި ސްކޫލެކެވެ.

އެތަން ބާވެ ބޭނުން ނުކުރެވޭވަރު ވުމުގެ ސަބަބުން 2016ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާ އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވިދޭންވަނީ ފަށާފައެވެ.

އޭގެ ފަހުން ކުރީ ސަރުކާރުން ވަނީ ވިލާ ކޮލެޖު ކައިރީގައި މާލޭ ޖަލާ އިންވެގެން އޮތް ބިމުގައި އައު ސްކޫލެއް ބިނާކޮސްފައެވެ.

ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގައި ކޮންމެ ކްލާހެއްގައި 25 ކުދިންނަށް ކިޔެވޭނެގޮތަށް 41 ކްލާސްރޫމް ހަަދަންވަނީ ނިންމާފައެވެ. 1000 ކުދިންގެ އާބާދީ އަކަށް ކިޔަވައި ދެވޭނެ ގޮތަށް އިމާރާތް ކުރާ މިސްކޫލްގައި ޕްރައިމަރީއާއި ސެކަންޑަރީއަށް ހާއްސަކޮށްގެން 2 ބުރީގެ ލައިބްރަރީއެއްވެސް ހުންނާނެއެވެ. މީގެ އިތުރުން މަސައްކަތު މީހުންނަށް ހާއްސަ ޖަގަހަ ތަކާއި އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ހުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި