މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޘަމް (އިސްލާމީ މަރުކަޒުގައި) ހުކުރު ނަމާދުގެ ޚަޠީބަކީ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް އަބްދުﷲ ޚަލީލު ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މާދަމާގެ ހުކުރު ޙުޠުބާގެ މަޢުޟޫޢަކީ "އިންސާނާގެ ޙަޔާތުގައި ޞައްޙަ އަޤީދާގެ މުހިއްމުކަން" މިއެވެ.

ފިރުޒުލް މި ފަހުން ދިވެހިންނަށް އެނގިގެން ދިޔައީ އިންތިޚާބީ ރައީސްގެ ތަރުޖަމާނުގެ މަޤާމަށް އައްޔަނުކުރެވުނު ހިސާބުންނެވެ.

އިންތިޤާލީ މަރުޙަލާގައި ދެއްވި ޕްރެސް ކޮންފަރެންސްތަކުން ތަރުޖަމާނެއްގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ފިރުޒުލްގެ ހުނަރާއި ޤާބިލިއްޔަތު ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ.

އޭގެ ފަހުން މިހާރު ފިރުޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ.